top of page

ކުރަނގި: ފޯޅަވަހީން ބޮޑުތިލަދުންމައްޗަށް

Sep 28
4 min read
Lesser Noddy (Kurangi) seabirds gather on a pristine sandy beach, with several soaring gracefully over the turquoise waters, while a lush palm-covered island shimmers in the background under a clear blue sky.
Lesser Noddy (Kurangi) seabirds gather on a pristine sandy beach, with several soaring gracefully over the turquoise waters, while a lush palm-covered island shimmers in the background under a clear blue sky.

ކުރަނގި (އިނގިރޭސިބަހުން: Anous tenuirostris، ނުވަތަ ލެސަރ ނޮޑީ) އަކީ ދިވެހިރާއްޖެއާއި ޗާގޯސް ޖަޒީރާ (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) އާ ދެމެދު ގުޅުން ބަދަހިކޮށްދޭ، ހުޅަނގު އިންޑިއާ ކަނޑުގެ ބޮޑު އާބާދީއެއްގެ ފުރިހަމަކޮށްދޭ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ، ހޫނު ސަރަހައްދުތަކުގައި އުޅޭ ކުޑަ، ގަދައަޅިކުލައިގެ, ތަލަ ހުދު ކުލައެއްގެ ކުރަނގި ދެލޯ ކަޅިރަވަ ރީތި ބާވަތެކެވެ.


ދުނިޔޭގެ ނިސްބަތުން މި ދޫންޏަކީ ނެތިދިއުމުގެ ބިރު ކުޑަ (ލީސްޓް ކޮންސާރން) އަދި ގާތްގަނޑަކަށް 1.2 މިލިއަން ދޫނީގެ އާބާދީއެއް އޮތް، މި ސަރަހައްދުގެ އެންމެ ޚާއްޞަ ކަނޑުމަތީ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ .

ދިވެހިރާއްޖޭގައި މިއީ އެންމެ ގިނައިން ފެންނަ ކަނޑުމަތީ ދޫނިތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނަމަވެސް، ރާއްޖޭގައި މީތި ބިސް އަޅައި ވިހަނީ ވަރަށް މަދު ރަށެއްގައެވެ.

ނަމަވެސް ފޯޅަވަހީގައި އެއަތޮޅުގެ ކަނޑުމަތީ ދޫނިތަކުގެ ބޮޑު ބައެއް ހިއްސާކުރާ، ބޮޑެތި އައިންހަދައިގެން ބިސްއަޅާ މުހިންމު ދޫންޏެކެވެ.


މިދޫނީގެ ދިގުމިނުގައި 300 - 34 ސެންޓިމީޓަރު ހުރެއެވެ. މިގައި ހުންނަނީ ހިމަ ތުނބަކާއި، ދިލަ -މުށިކުލައިގެ ފަތްތަކެކެވެ. އަދި ބޮލުގެ ތަލަ ފުށާއި ލޮލާ ދިމާލުން ހުންނަ ފަނޑު އަޅިކުލައިގެ ސަބަބުން، މިއާ ވައްތަރު ބޮޑު ކުރަނގި (ބްރައުން ނޮޑީ) އާ މީތި ތަފާތުކޮށްދެއެވެ. ބިމުގައި ބިސް އެޅުމުގެ ބަދަލުގައި، މީތި ހާލި ހަދަނީ ގަސްގަހާގެހީގައެވެ (ޚާއްޞަކޮށް ބޮޑުގަހުގައެވެ).

އަދި ކާނާ ހޯދަނީ ގިނައިން އެކި ބާވަތްތަކުގެ ދޫނިތައް އެކުވެގެން އުޅޭ އައިންތަކުގެ ކަނޑުފަޅު ސަރަހައްދުންނެވެ. ދިވެހިރާއްޖޭގެ މަސްވެރިން ކަނޑުމަތިން މަސް އައިންތައް ހޯދުމަށްޓަކައި މި ކުރަނގި އައިންތައް ނިޝާނެއްގެ ގޮތުގައި ބޭނުންކުރެއެވެ.


ދިވެހިރާއްޖެ: ގިނައިން ބިސްނާޅާ އަދި ނިދަން ބޭނުންކުރާ މަރުކަޒެއް

އެކި ދިރާސާތަކުން ދައްކާ ގޮތުގައި ކުރަނގި ރާއްޖޭގެ އަތޮޅުތަކުގައި ފުޅާދާއިރާއެއްގައި އުޅުނު ނަމަވެސް، ފާހަގަކުރެވެނީ ބިސްއަޅާ މޫސުމާ ދިމާނުކޮށް ޒިޔާރަތްކުރާ ދޫނިތަކެއްގެ ގޮތުގައެވެ. އަދި އެންމެ ގިނައިން (1،000 އަށްވުރެ ގިނަ ދޫނި) ފެންނަނީ އުތުރުގެ އަތޮޅުތަކުންނެވެ.

އެއީ އިހަވަންދިއްޕޮޅު، ތިލަދުންމަތި، މަކުނުދޫ އަދި މިލަދުންމަޑުލު އުތުރުބުރިންނެވެ.

އިހަވަންދިއްޕޮޅު އަތޮޅު، ޚާއްޞަކޮށް ބިޔަގަސް ޖަންގަލިހެދިފައި ހުރި ގައްލަންދޫއަކީ ރޭގަނޑު ދޫނިތައް ނިދަން ބޭނުންކުރާ މައިގަނޑު ރަށެވެ. އިރުވައި މޫސުމުގައި (ގާތްގަނޑަކަށް ޑިސެމްބަރުން އެޕްރީލް އަށް)، އެ ސަރަހައްދުގެ ކަނޑުތަކުގައި ކާނާ ގިނަވާ ދުވަސްވަރު އެތައް ހާސް ދޫންޏެއް އެ ރަށަށް އެއްވެއެވެ.


ރާއްޖޭގައި މީގެ ބިސްއެޅުން މަދުވުމުގެ ސަބަބު ދެނެގަނެވިފައިވަނީ ވަރަށް ކުޑަކޮށެވެ.

ދިވެހިންގެ ސަގާފީ މައުލޫމާތުން އެނގޭ ގޮތުގައި ހުވަދޫ އަތޮޅުގައި މީގެ ހާލި ހެދުން ގުޅިފައިވަނީ "އަތަ" އަދި "ހިތަ" ނަކަތުގެ ދުވަސްވަރާއެވެ.

(21 ސެޕްޓެމްބަރުން 17 އޮކްޓޯބަރަށް). އައްޑޫ އަދި މާޅޮސްމަޑުލު ދެކުނުބުރިން (ބ. އަތޮޅުން، ނޮވެމްބަރު 1899 ގައި) މީގެ ރެކޯޑުތައް ފެންނަން އެބަހުއްޓެވެ.

ހުވަދޫ އަތޮޅުގައި "އަދިވެސް ބިސްއަޅާ ކަމަށް ބެލެވޭ" ކަމަށް ބުނެވޭއިރު، އެހެން ތަންތަނުން ލިބިފައިވަނީ ވަރަށް ކުޑަ ރިޕޯޓުތަކެކެވެ. އެހެންކަމުން ރާއްޖެއިން ފެންނަ ގިނަ ކުރަނގިތަކަކީ ރާއްޖެއިން ބޭރުގެ އައިންތަކުން އަންނަ އެއްޗެހިކަން އެނގެއެވެ. މާރޗް 2022 ގައި ގައްލަންދޫގައި އުޅުނު ސެޓެލައިޓް ޓެގް ޖެހި އެއް ދޫނި، 8 ދުވަސް ތެރޭގައި ސީޝެލްސްގެ ކޫސިން އައިލެންޑަށްCousine Island (ތާވައްކަރަ) އަށް ގާތްގަނޑަކަށް 2,400 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ އުތުރުން ފެންނަ ބައެއް ދޫނިތައް އެތަނުގައި ބިސްއަޅާކަމުގެ ހެއްކެކެވެ.

އެހެންކަމުން އެންމެ 1،250 ކިލޯމީޓަރު ދުރުގައި އޮތް ޗާގޯސްއަކީ ވެސް މި ދޫނިތައް އަންނަ އިތުރު މަރުކަޒަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.


މިބާވަތަކީ ގުދުރަތީ އަތޮޅު ޖަޒީރާ ސަގާފީ އަދި އިގްތިސާދީ ގޮތުން ބޭނުންތެރި މުހިންމު އެއްޗެކެވެ. މަސްވެރިން މީގެ މައްޗަށް ބަރޯސާވާއިރު، ބައެއް މީހުން މިއީ ގޭގައި ގެންގުޅޭ ދޫންޏެއްގެ ގޮތުގައި ވެސް ހިފައެވެ. މިގޮތަށް މޫސުމީ ގޮތުން ގިނަ އަދަދަކަށް ދޫނި އެއްވާތީ، މުޅި އިހަވަންދިއްޕޮޅަކީ ދޫނިތަކަށް ޚާއްޞަ މުހިންމު ސަރަހައްދެއް (އިމްޕޯޓަންޓް ބާރޑް އޭރިއާ - IBA) ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.


ފޯޅަވަހި: ބިސްއެޅުމުގެ މުހިންމު މަރުކަޒެއް


ފޯޅަވަހި ޖަޒީރާގައި މި ބާވަތަކީ ދާއިމީކޮށް ބިސްއަޅައިގެން އުޅޭ، އަދި އެތަނުގައި އެންމެ ގިނައިން އުޅޭ ތިން ބާވަތުގެ ކަނޑުމަތީ ދޫނީގެ ތެރެއިން އެއްބާވަތެވެ. 2008 ން 2018 އަށް ކުރެވުނު ސާވޭތަކުން ދައްކާ ގޮތުގައި، އާންމު އަހަރެއްގައި އެތަނުގައި އެކި ބާވަތްތަކުގެ ކަނޑުމަތީ ދޫނީގެ ގާތްގަނޑަކަށް 281،600 ބިސްއަޅާ ޖޯޑު އުޅެއެވެ.

މީގެ ތެރެއިން ކުރަނގި ހިއްސާކުރަނީ ގާތްގަނޑަކަށް 18 އިންސައްތައެވެ (އެންމެ ގިނަވާ ދުވަސްވަރު 500،000 ޖޯޑާ ގާތްކުރެއެވެ).

އަހަރީ އަންދާޒާތަކުން ދައްކާ ގޮތުގައި އާންމުކޮށް މި އަދަދު ހުންނަނީ 35،000 އާއި 40،000 ޖޯޑާ ދެމެދުގައެވެ. މި ޖަޒީރާތަކުގައި މި ސަރަހައްދުގެ އާބާދީގެ 10 އިންސައްތަ ހިއްސާކުރެއެވެ.


އެންމެ ބޮޑެތި އައިންތައް ހާލި ހަދަނީ ގަސްގަހުގައެވެ. އަދި މިތަކެތި ގިނައިން އުޅެނީ ފެހެނާވަރި (ގްރޭޓް ޗާގޯސް ބޭންކްގެ) މީދާ ނޫޅޭ ރަށްތަކުގައެވެ.

އެއީ ނެލްސަންސް އައިލެންޑް ފެހެނާވަރި (ގައޫދޫކޮލު، ކަނޑުއޮޅި (ގާތްގަނޑަކަށް 13،700 ޖޯޑު)، ސައުތު ބްރަދަރ (ފެހެނާވަރި ގޮނިތެރެ) (ގާތްގަނޑަކަށް 7،300 ޖޯޑު) އަދި ޕެޓިޓް ބޮއިސް މެންގޫ (ހުޅުމެންދޫ) / ގްރޭންޑް އައިލް ބޮއިސް މެންގޫ (ހޮޅިމަޑުލު،މާކަނޑޫދޫ) (ބޮޑުގަސްތަކުގެ ތެރޭގައި އެތައް ހާހަކުން ފެށިގެން 12،000 އަށްވުރެ ގިނަ ޖޯޑު) އެވެ. އެއް އައިންތަކެއްގެ ތެރޭގައި ބިސްއެޅުން އެއް ވަގުތެއްގައި ހިނގި ނަމަވެސް، އެކި ރަށްރަށުގެ މެދުގައި މި ވަގުތު ތަފާތުވެއެވެ. އަދި އަހަރުގެ އެކި ދުވަސްވަރު ބިސްއަޅައިފާނެއެވެ. ކުރަނގީގެ އަދަދަށް ބަލައި މި ރަށްތަކަކީ IBA ގެ މިންގަނޑުތަކަށް ފެތޭ ރަށްތަކެކެވެ. ރަށްރަށަށް އަރާ މީދަލުގެ ސަބަބުންނާއި ގަސްގަހާގެހި މަދުވުމުގެ ސަބަބުން ބައެއް ރަށްތަކުގައި މީގެ އަދަދު ވަނީ މަދުވެފައެވެ.

ނަމަވެސް އިއާދަކުރުމުގެ މޮޑެލްތަކުން ދައްކާ ގޮތުގައި މީދާ ނައްތާލައި، ގުދުރަތީ މާހައުލު ރަނގަޅުކުރުމުން ބިސްއަޅާ ޖޯޑުގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވިދާނެއެވެ.

ފެހެނާވަރި ކަނޑުއޮޅި ގައޫދޫކޮލު މަތީ ބުރުޖަހަމުންދާ ހޯރަތަކެއް .
ފެހެނާވަރި ކަނޑުއޮޅި ގައޫދޫކޮލު މަތީ ބުރުޖަހަމުންދާ ހޯރަތަކެއް .

ދެ ސަރަހައްދުގެ މެދުގައި އޮތް ގުޅުމާއި ހިމާޔަތްކުރުން


އެހެންކަމުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނު ފޯޅަވަހިޖަޒީރާތަކުން އަދާކުރަނީ އެކަތި އަނެކައްޗަށް ފުރިހަމަކޮށްދޭ ދައުރެކެވެ. ރާއްޖެއިން، ޚާއްޞަކޮށް އުތުރުގެ ސަރަހައްދުތަކުން، މޫސުމީ ގޮތުން މުއްސަނދި ކާނާ ލިބޭ މާހައުލާއި ނިދާނެ ތަންތަން ފޯރުކޮށްދޭއިރު، ފޯޅަވަހިން (ތާވައްކަރަ) ސީޝެލްސް އަދި މަސްކަރީންސްއާ އެކު) ބިސްއަޅާނެ މައިގަނޑު ހާލިތައް ފޯރުކޮށްދެއެވެ. ދެ ތަނުގައި ވެސް އުޅެނީ އެއް ސަބްސްޕީޝީޒް އެއް ކަމަށްވާ (A. t. tenuirostris) އެވެ. ނިދާ އަދި ބިސްއަޅާ ދޫނިތަކުގެ ގުއިން ރަށްރަށުގެ ގަސްގަހާގެއްސަށާއި ކައިރީގައިވާ ފަރުތަކަށް ކާނާ (ފާޓިލައިޒް) ލިބިދެއެވެ. އަދި މި ދޫނިތަކަކީ ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.

ރާއްޖޭން ފޯޅަވަހި ރަށަށް ކުރާދަތުރު ތަކުގައި ޖައްސާ ފެހެނާވަރި ކަނޑުއޮޅި ގައޫދޫކޮލު ގަސްތަކަށް ނިދަންއަރަން ތިރިކުރަން ހޯރައަޅަމުންދާ މާ ހޯރަތަކެއް
ރާއްޖޭން ފޯޅަވަހި ރަށަށް ކުރާދަތުރު ތަކުގައި ޖައްސާ ފެހެނާވަރި ކަނޑުއޮޅި ގައޫދޫކޮލު ގަސްތަކަށް ނިދަންއަރަން ތިރިކުރަން ހޯރައަޅަމުންދާ މާ ހޯރަތަކެއް

ދިމާވާ ނުރައްކާތައް ސަރަހައްދުގެ ގޮތުން ތަފާތެވެ. ރާއްޖޭގައި މީގެ ތެރޭގައި ހިމެނެނީ ދިރިއުޅޭ މާހައުލަށް އަންނަ ބަދަލުތަކާއި، ޖައްވު ދިއްލުމުގެ އުނދަގޫތަކާއި، ޖައްވުތެރޭ އަޑުގަވުމާއި އަދި މަދު މަދުން ދޫނި ހިފުމެވެ. ފޯޅަވަހީގައި ކުރިން ދިމާވި މައިގަނޑު މައްސަލައަކީ މީދަލުގެ އުނދަގުލާއި ގަސްގަހާގެއްސަށް އައި ބަދަލުތަކެވެ.

ނަމަވެސް މިހާރު ހެދިފައިވާ ބޮޑު މެރިން ޕްރޮޓެކްޓެޑް އޭރިއާގެ ސަބަބުން ކަނޑުމަތިން ދޫނިތަކަށް ރައްކާތެރިކަން ލިބެއެވެ.

ދޫނިތައް ރާއްޖޭގެ އުތުރާ ދެކުނާއި އަދި ތާވައްކަރަ (ސީޝެލްސް)އާ ދެމެދު ދަތުރުކުރާތީ، ހިމާޔަތްކުރުމުގެ މަސައްކަތް އެންމެ ފައިދާހުރި ގޮތެއްގައި ކުރެވޭނީ ވަކިވަކި ގައުމީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިންޑިއާ ކަނޑުގެ އެންމެންގެ ގުޅިފައިވާ ޒިންމާއެއްގެ ގޮތުގައި ބަލައިގެންނެވެ.

މިގޮތުން ކުރަނގިން ދައްކުވައިދެނީ، އަދިވެސް ގިނަ އަދަދަކަށް އުޅޭ ހޫނު ސަރަހައްދުގެ ކޮންމެ ކަނޑުމަތީ ދޫންޏެއް ވެސް، ރާއްޖޭގެ އުތުރުން ފެށިގެން ފޯޅަވައްސާ ހަމައަށް ދެމިގެންވާ އަތޮޅުތަކުގެ ވިއުގައަކަށް ބަރޯސާވާ މިންވަރެވެ.

މި ވިއުގަ ރަނގަޅަށް ބޭއްވުމަށްޓަކައި، ގައްލަންދޫ ފަދަ ނިދާ ޖަންގަލިތަކާއި، ގްރޭޓް ޗާގޯސް ބޭންކްގެ ފެހެނާވަރީގެ ތެރޭގައި ރައްކާތެރިވެފައިވާ އެންމެ އެކަހެރި މީދާ ނޫޅޭ ބޮޑުގަސްތައް ހިމާޔަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.


މައުލޫމާތު: (OCPP) ocean country partnership programme


Comments


bottom of page