ދިވެހިރާއްޖޭގެ ވެށީގައި އުޅޭ ދޫނިތައް: ހިޖުރަކުރާ ދޫނީގެ ދުވަސް

ދިވެހިރާއްޖެއޭ ބުނުމާއެކު، އާންމުކޮށް ހިތަށް ސިފަވެގެންދަނީ ހިތްގައިމު މަންޒަރުތަކެކެވެ. އެއީ ފެތުރިފައިވާ ފެހި ރުއްގަސްތަކާއި، ދޮންވެލި ތުނޑިތަކާއި، ފަޅުނޫކުލައިގެ ވިލުތަކާ ދޮންފަޅުތަކެވެ. އަދި ދިރުންހުރި ފަރުތަކެކެވެ. މި މެދުތެރެމާ ކަނޑުގެ ޖަޒީރާ ޤައުމަކީ ފަތުރުވެރިން އަރާމުކޮށްލުމަށް އަންނަ މުހިންމު މަންޒިލެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި މަޝްހޫރުވެފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ހިޖުރަކުރާ ދޫނީގެ ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ފަދައިން، މި ޖަޒީރާ ރަށްތަކަކީ ހަމައެކަނި އިންސާނުން ޗުއްޓީ ހޭދަކޮށްލަން އަންނަ ތަނެއް ނޫނެވެ. މިއީ ދުނިޔޭގައިވާ އެންމެ އާދަޔާޚިލާފު، ނާދިރު، އަދި ހިތްގައިމު އެތައް ބާވަތެއްގެ ދޫނިސޫފާސޫފިތަކެއް ދިރިއުޅޭ މުހިންމު މާހައުލެކެވެ.
ދިވެހިރާއްޖެއަކީ މުރަކައިގެ ފަރުތަކާއި، ރާޅުފަށުގައި ހެދޭ ގަސްތަކާއި، ހަމަހިމޭން ކަނޑޫފާ ޗަސްބިންތަކާއި އަދި ގޮނޑުދޮށްތަކުގައި އުޅޭ ތަފާތު ވައްޓަފާޅީގެ ދޫނިތަކަށް ގެދޮރެވެ. ފަޒާގެތެރޭގައި އުޅޭ ޝިކާރަވެރި ދޫނިން ފެށިގެން ގޮނޑުދޮށްތަކުގައި އުޅޭ ކުދި ދޫނިތަކާ ހަމައަށް، މި ޤައުމުގެ ދޫނިސޫފިތަކުގެ ވާހަކައަކީ ޖަޒީރާވެށީގެ ގުދުރަތީ ތަރުތީބާ، ގުޅިފައިވާ ތަފާތު މާހައުލުތަކުގެ ފުން ވާހަކައެކެވެ.
ކަޑުފަޅު ސިކާރަ މާހިރުން : ފަޅުތަކާއި ކަނޑުތަކުގެ ޝިކާރަކުރަން
އެންމެ ކުޅަދާނަ އެއް ދޫންޏަކީ ކެޔޮޅުބާޒު (Osprey) އެވެ. މިއީ ތޫނު ލޮލަކާއި، ބާރުގަދަ ވަކިތަކެއް ލިބިފައިވާ، ފަޅުތަކުގެ މާހިރެކެވެ. މިއީ މަތިން އުދުހެމުންގޮސް ކުއްލިއަކަށް ކަނޑަށް ލޮންސިއެއްޖެހިގަންނަ ބީދައިން، މަސް ސިކާރަކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ދޫންޏެކެވެ.
ރާއްޖޭގެ ކަނޑުފަޅު އައިންމަތީ އުޅޭ މަޝްހޫރު ދޫނިތަކުގެ ތެރޭގައި، މާދޫނި (Red-Footed Booby) އަކީ ފާހަގަކޮށްލެވޭ ފަދަ ޝައުޤުވެރި އާދަތަކެއް ގެންގުޅޭ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެންނަ އެންމެ ޚާއްޞަ ކަނޑުދޫނިތަކުގެ ތެރެއިން އެކެކެވެ. މިއީ އާދަޔާޚިލާފަށް ބާރަށް އުދުހޭ އަދި ކަނޑަށް ފީނައިގެން ޝިކާރަކުރުމަށް ޚާއްޞަ ދޫންޏެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދޫންޏެކެވެ. މިސޮރުމެންގެ ދިރިއުޅުން ބިނާވެފައިވަނީ ވަރަށް ބޮޑަށް ރޭވިގެން، އެކުއެކީގައި ކަނޑުމަތިން ކުރާ ޝިކާރައިގެ މައްޗަށާއި، އޭގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތަކުގެ މައްޗަށެވެ.
ބަލާ ފޫހިނުވާ ހަރަކާތްތެރިކަން: ގޮނޑުދޮށްތަކާ ދޮންވެލި ތުނޑިތަކުން ފާހަގަކުރެވޭ ބައެއްދޫނި
ކިރުދޫނި (Black-Naped Tern) އަކީ ކަނޑު މަޑުދުވަސްވަރު، ހަރަކާތްތެރި ދޫންޏެކެވެ. މިއީ ރަށުފަޅުތެރޭން ވަރަށް ކައިރިން މަޑުމަޑުން އުދުހިގެން ކާނާ ހޯދާ ދޫންޏެކެވެ.
މިއާ ޚިލާފަށް، (Great Crested Tern) ބޮޑު ގާދޫނި ޝިކާރަކުރުން މި ދޫނި ބާރު ދުވެއްޔެއްގައި އުދުހެމުން، ކަނޑުގެ ފުން ސަރަހައްދުތަކާއި ވިލުވިލުގެ މަތިން ގަވާއިދުން ބަލައި ފާސްކުރެއެވެ. އަދި މޫދުގެ މަތީ ފަށަލައިގައި އުޅޭ މަސް ހިފުމަށްޓަކައި މަތިން ތިރިއަށް ޖެހި ފީނައިގަނެއެވެ
ހާލިހެދުން މި ސޫފިތައް ބިސް އަޅައި ވިހާ އާލާވަނީ ހާމައަށް ހުންނަ ރަށްރަށާއި، އަތިރިމަތި، ނުވަތަ ދޮންވެލި/ގާ ގިނަ ފަސްގަނޑުތަކުގައި ވަރަށް ބޮޑެތި، ކައިރިކައިރި ކޮލޮނީތަކެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން، އިންސާނުން ހަދާފައިވާ ބިނާތަކުގެ ފުރާޅު ފަދަ ތަންތަނުގައިވެސް ހާލިހެދުމަށް މިއީ އަހުލުވެރިވެފައިވާ ސޫތްޕެކެވެ.
އިޖުތިމާއީ އޮނިގަނޑު (Social Structure): މިއީ މުޅި އުމުރަށް އެއް ބައިވެރިއަކާއެކު އުޅޭ (monogamous) ދޫނިތަކެކެވެ. އަދި އެ ބޮޑުގާދޫނިތަކުގެ މެދުގައިވާ ގުޅުން ދެމެހެއްޓުމުގައި އެ ސޮރުމެން ވަރަށް ސާބިތުވެ ތިބެއެވެ.
ވާލި (Bridled Tern) އަކީ އޭގެ ދިރިއުޅުން މުޅިންހެން ކަނޑުމަތީގައި ހޭދަކުރާ އަދި އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ ހޫނު ސަރަހައްދުތަކުގެ ދޫންޏެކެވެ. ދިވެހިރާއްޖޭގައި މި ދޫނީގެ އާދަކާދަތައް ހުންނަގޮތަކީ ކާނާ ހޯދުމަށް ކަނޑުމަހުގެ އައިންތައް ހޯދުން: އެކަނިމާ އެކަނި ޝިކާރަކުރާ ބައެއް ދޫނިތަކާ ޚިލާފަށް، ވާލި އާންމުކޮށް އުޅެނީ ކަނޑުމަހުގެ އައިންތަކާއެކުގައެވެ. ރާއްޖޭގެ ދޮށީގެ މަސްވެރިން މަސްއައިންތައް ހުރި ދިމާ ހޯދުމަށްޓަކައި، މި ދޫނިތަކާއި، ކަނޑުމަހާއި، ކަނޑުމަތީދޫނި އަދި އެހެނިހެން ބާވަތްތަކުގެ ދޫނިތައް އެކުވެގެން ކާނާ ހޯދަން އުޅޭ (ދޫނި އައިންތައް) ނިޝާނެއްގެ ގޮތުގައި ބޭނުންކުރެއެވެ.
• ކާނާ ކެއުމުގެ ވައްޓަފާޅި: މިއީ ކުދިމަސް ހިފުމަށްޓަކައި މޫދަށް ފީނައިގެން (ފީނައިގެން) ކާނާ ހޯދާ ދޫންޏެކެވެ.
މި ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ހައިރާންކުރުވަނީ ކަނޑުގެ ހުދު ފަރިތަ ދޫނިތަކެވެ. އެއީ ދޮންދީނި (White Tern) އަދި ފެއަރީ ޓާން (Fairy Turn) އެވެ. މި ދޫނިތަކަކީ އާންމުކޮށް ދޫނި ހަދާހެން ބޯހިޔާވަހިކަމެއް ނުވަތަ ހާއްޔެއް ހަދާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ސޮރުމެން އަޅާ އެންމެ ބިސް ބާއްވަނީ ކަނޑާދިމާއަށް ގުދުވެފައިވާ ގަހެއްގެ ގޮށްގަނޑު މަތީގައެވެ. މިއީ ނުހަނު ނުރައްކާތެރި، ނަމަވެސް އާދަޔާޚިލާފު ކެރުންތެރި އުކުޅެކެވެ.
ހިކިދިޔަ ފަރުމަތީ އުޅޭ ދޫނިތައް: ވިސްނުންތެރިކަމާއި ޝިކާރަކުރުން
ގޮނޑުދޮށްތަކާއި ތުނޑިތަކުގައި އެހެން ތަފާތު މަންޒަރުތައް ފެނެއެވެ.
ވަލު ބޮނޑަނަ (Greater Sand Plover) އަދި ކިރު ބޮނޑަނަ (Kentish Plover) އަކީ ރާޅުޖަހާ ފަސްގަނޑުގައި ހަލުވިކަމާއެކު ދުވެއުޅޭ ދޫނިތަކެކެވެ.
ރަތަފައި (Ruddy Turnstone) އަކީ ގޮނޑުދޮށުގައިވާ ގާތަކާއިވެލިގަނޑުތެރެއަށް ތުންހަރައިގެން ކާނާ ހޯދުމުގެ ހުނަރުހުރި ދޫންޏެކެވެ.

ތޭރަވާ (Crab Plover) އަކީ ކަކުނި ހިފުމަށް ޚާއްސަ ބޮޑު ތުންގަނޑެއް ލިބިފައިވާ، ވަކި އާއިލާއަކަށް ނިސްބަތްވާ ތަފާތު ދޫންޏެކެވެ. މިއީ ވެލިގަނޑުގަނޑުގެ އަޑިއަށް ވަޅުކޮނެގެން ބިސް އަޅާ ދޫންޏެކެވެ. ދޫނި ހިފުން މަނާކުރުމުގެ ކުރީން ގޭގޭގައި ގޯތިތެރޭ ވަރަށް ގިނައިން ގެންގުޅޭ ދޫންޏެކެވެ
ރާއްޖޭގެ ޗަސްބިންތަކާއި ގަސްގަހާގެއްސާ ދިމާލަށް ބަލާއިރު، (Purple Heron) އަކީ ހިމޭންކަމާއެކު ޝިކާރައަށް ފާރައަށް އިންނަ ރާއްޖެއިން މަދުން ފެންނަ ދަނބު މާކަނައެކެވެ . އަދި މާރަނގަ (Brown Noddy) އަކީ ބޯޖަހައިގެން ލޯބީގެ ކުޅިވަރު ކުޅޭ މަޑުމައިތިރި ދޫންޏެކެވެ. އޭގެއިތުރުން، ރުއްގަސްތަކުގެ ތެރެއިން އިވެމުންދާ ޑިންޑިން ކޮވެލި ނުވަތަ ކާޅު ކޮވެލި (Asian Koel) ގެ އަޑަކީ މެންދަމުން އަލިވެން އަންނަ ވަގުތު ރަށުގެ ވެއްޓަށް އިތުރު ދިރުމެއް ގެނެސްދޭ ކަމެކެވެ.
ގުޅިފައިވާ އާދަޔާޚިލާފު މާހައުލެއް
ދުނިޔޭގެ ހިޖުރަކުރާ ދޫނީގެ ދުވަހަކީ، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދޫނިވެށި ނިޒާމު ހިމާޔަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. އިންތިޒާމެއް ދުރުރާސްތާގެ ތަރުތީބެއްނެތި ފިނޮޅުތައް އެކި ބޭނުންތަކަށް ނެގުމުން އަަތޮޅުތެެރޭން މަދުވަމުންދާ ދޫނިތަކާއި މެދު ވިސްނާލަން ޖެހޭނެ ދުވަހެކެވެ. އުދުހިލާ ދޫންޏެއްގެ ހިތްގައިމުކަމާއި، ދުވެއުޅޭ ދޫންޏެއްގެ ހަލުވިކަމަކީ މި ވެށީގެ ސިއްހަތު ރަނގަޅުކަން އަންގައިދޭ އަލިގަދަ ހެކިތަކެކެވެ.
މި ދޫނިތަކުން އަޅުގަނޑުމެންނަށް އަންގައިދެނީ މި ރީތި ރަށްތަކަކީ ހަމައެކަނި އިންސާނުންގެ މިލްކެއް ނޫން ކަމެވެ. ޒަމާންތަކެއް ވަންދެން މިއީ މިފަދަ ދޫނިސޫފިތަކުގެ ގެދޮރެވެ. ވުމާއިއެކު، ރާއްޖޭގެ ގޮނޑުދޮށްތަކާއި، ޗަސްބިންތަކާއި، ގަސްގަހާގެހި ހިމާޔަތްކުރުމަކީ އަންނާންއޮތް ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



Comments