ފޯޅަވަހި އަތޮޅުތައް ފަދަ ޓްރޮޕިކަލް (ހޫނުގަދަ) އަތޮޅުތަކުން ފާހަގަކުރެވޭ ދެ ބާވަތެއްގެ ތަފާތު ހާދިސާ.

ނަގޫރޯޅިއެއް ދުރުން ސިފަވުމުން ވިލާތަކުން ދިގު އެއްޗެއް ނުވަތަ ނަގުލެއް ނުވަތަ ހޮޅިއެއް ފައިބައިފައި އަންނަހެން އެނބުރެމުން އަންނަތަން ފެނެއެވެ.
މިއީ ވަރަށް ބާރަށް އެނބުރޭ، ވައިރޯޅި، ނަގޫރޯޅީ ހޮއްޅަވައި ރަށްރަށަށް އަރައިފިނަމަ ގެތަކުގެ ފުރާޅު އެއްލާލައި، ގަސްތައް ވައްޓާލާ ބޮޑެތި ގެއްލުންތައް ވެއެވެ.
ނަގޫރޯޅީގެ ސަބަބުން އުފެދޭ ވިލާގަނޑު-ހޮއްޅަވައި ނުވަތަ 'tornadic waterspouts' ހިމެނި އުފެދެނީ އެނބުރޭ ގަދަ ވިއްސާރަ ވިލާގަނޑުތަކުން (ގިނަފަހަރަށް ސުޕަސެލްތަކުން) ނެވެ.
ދުނިޔޭގެ މެދުތެރޭ (އިކުއޭޓަރ) ކައިރީގެ ސަރަހައްދުތަކުން، އޭގެ ތެރޭގައި ޗާގޮސް ހިމެނޭގޮތަށް، ނަގޫރޯޅި އުފެދުން ނިސްބަތުން މަދެވެ. އެއީ ކޮރިއޮލިސް އިފެކްޓް (Coriolis effect) ބަލިކަށިވުމާއި، ހަގީގީ ތޫފާންތައް މި އަތޮޅުތަކުގެ މަތިން ދަތުރުކުރުން ވަރަށް ނާދިރު ކަމަކަށް ވާތީއެވެ.
ހޮއްޅަވައި ފެންކޮޅި (Fair-weather waterspouts): މިއީ ހޫނު ޓްރޮޕިކަލް ކަނޑުތަކުގައި އާންމުކޮށް ފެންނަ އެއްޗެކެވެ.
މިއީ އާންމުކޮށް މޫސުން ރަނގަޅު، އަމާން ދުވަސްތަކުގައި އާދައިގެ ކިއުމިއުލަސް (cumulus) ވިލާގަނޑުތަކުގެ ދަށުން އުފެދޭ އެއްޗެހިތަކެކެވެ. މިއީ އާންމުކޮށް ކަނޑުގެ ލޮނގަނޑުން ފެށިގެން، ހޮޅިލަމުން އެބުރެމުން ވިލާގަނޑާ ދިމާއަށް އުފެދެމުންދާ ބިންދާ ހޮޅިރާޅެއް އޮލަބަށް ކޮޅަށް ޖެހުން ސިފަވާ ހަގީގީ އަސްލު ޓޯނޭޑޯތަކާ އަޅާބަލާއިރު މިއީ ބާރު ދެރަ، ހިދުކޮޅަކަށް ދެމިގެންދާ (ގިނަފަހަރަށް 5-15 މިނެޓު)، އަދި ސައިޒުން ކުޑަ އެއްޗެހިތަކެކެވެ.
ރަށު މީހުންނާއި މޫސުމީ ކަނޑުދަތުރުވެރިންގެ މެދުގައި ކިޔާނަން:
ރަށު މީހުންނާއި ކަނޑުދަތުރުކުރާ މީހުން ގިނަފަހަރަށް މި ނަގޫރޯޅިއަށް "ކުދި ނަގޫރޯޅި" އޭ ކިޔައެވެ. އެއީ ދުރުން ބަލާއިރު، ކަނޑާއި ވިލާތައް ގުޅުވައިދޭ ހަނި، އެނބުރޭ ދުންގަނޑެއް ނުވަތަ ވިލާގަނޑެއްގެ ސިފައިގައި މިއީވެސް ވައްތަރު ގޮތަކަށް ފެންނާތީއެވެ.
ނަމަވެސް ހަގީގަތުގައި، ދުނިޔޭގެ މެދުތެރޭ ރޮނގާ ކައިރި (ލޯ-ލެޓިޓިއުޑް) ރަށްތަކުގެ ކައިރިން މި ފެންނަ ފެނުންތަކަކީ އާދައިގެ މޫސުމުގައި އުފެދޭ ފެންކޮޅިތަކެވެ.
އެއީ ބޮޑެތި ބައްރުތަކުގައި އުފެދޭ ފަދަ ނުރައްކާތެރި، ބާރުގަދަ ޓޯނޭޑޯތަކެއް ނޫނެވެ.
ފޯޅަވަހި އަތޮޅުތަކުގެ އާންމު މޫސުން:
ކަނޑުގެ ލޮނގަނޑު ހޫނުވުމާއި، ވައިގެ ތެތްކަން މަތިވުމާއި، މަޑު ހިމޭން ވައިރޯޅިތަކާއި، އަދި ކިއުމިއުލަސް ވިލާ ތައް ހުރުން މިއީ ބަރާބަރަށް ޗާގޮސްގެ މޫސުމީރެކޯޑް އަހަރުގެ ގިނަ ދުވަސްތަކުގައި ސިފަކޮށްފައިވާ ގޮތެވެ.
މިފަދަ މޫސުމަކީ މި ދެންނެވި ނަގޫފެންކޮޅިތައް ނުވަތަ އެބުރޭ ހޮއްޅަވައި އުފެދުމަށް މަގުފަހިވާ މޫސުމެކެވެ.
މިއީ ވައިގެ ފިނިހޫނުމިން ކަނޑުގެ ލޮނގަނޑަށްވުރެ ކުޑަކޮށް ފިނިވުމުން، މައްޗަށް އަރާ ވައިގެ އޮއެވަރުގެ ސަބަބުން އެނބުރޭ ނަގޯރޯޅި ބުރުލެއް (vortex) އުފެދުމަށް އެންމެ ފުރުސަތު ބޮޑު ހާލަތެވެ.
ނުރައްކާ:
"ކުޑަ" އޮއިކޮޅެއް, ނުވަތަ އުދަރެހުން ދައްކާލާ ކުޑަ ވިއްސާރަ ވިލާކޮޅެއް ސަބަބުންވެސް ގަޑިއަކު 30 އާއި 60+ މޭލުގެ ބާރުމިނުގައި ވައިޖެހި، ފޮނުރާޅު ހިލި، އަދި އޮޑިދޯނިފަހަރުގެ ކުނބު ބިންދާލާ ހިސާބަށްވެސް ހިނގައިދާނެއެވެ. ކަނޑުދަތުރުކުރާ މީހުންނަށް އިރުޝާދު ދެވެނީ "ނަގޫފެންކޮޅި" ނުވަތަ ނަގޫރޯޅި ދަތުރުކުރާ މިސްރާބާ ގާތްގަނޑަކަށް 90 ޑިގްރީގެ އޭންގަލަކަށް ބަދަލުކޮށް، އެއާ ވީހާވެސް ދުރަށް ދިއުމަށެވެ. މިއީ އެއްގަމަށް އަރައިފިނަމަ އާންމުކޮށް ވަރަށް އަވަހަށް ހުލިވެ ނެތިގެންދާ އެއްޗެކެވެ.
އެހެންކަމުން، ފޯޅަވައްސާ ބެހޭ ވަކި ޚާއްޞަ މޫސުމީ ސަފުހާގައި "ނަގޫފެންކޮޅީގެ ވާހަކަ ނުވަތަ ނަގޫރޯޅީގެ ވާހަކަ ސީދާ ބަޔާންކޮށްފައި ނެތް ނަމަވެސް، ދިވެހި މާލިމީންގެ ވާހަކަތަކުންނާއި އަދި ލިބެންހުރި މައުލޫމާތުން ފޯޅަވަހި ރަށްތަކުގެ ކަނޑުގެ މޫސުމާ ބެހޭ މި މައުލޫމާތަކީ އާންމުމައުލޫމަތެކެވެ.

ރާއްޖެ އުފެދިފައިވަނީ، ބޮޑެތި ބައްރުތަކާ ގުޅިފައޮންނަ (continental shelf) އެއްގެ މަތީގައެއް ނޫނެވެ.
އޭގެ ބަދަލުގައި، ރާއްޖެ އޮތީ ކަނޑުގެ އަޑީގައި ހިމޭންވެފައިވާ އަލިފާންފަރުބަދަތަކުގެ ސިލްސިލާއެއްގެ މަތީގަ ކަނޑު އޮޅި ފަރު ގިރި ފިނޮޅު ރަށްތަކެއްގެ މައްޗަށްއެކުލެވިފައި ހާރެއްގެ ގޮތުގައި ގެތިލާމެހިފައެވެ.
ފޯޅަވައްސަކީ މި ގުދުރަތީ ރާއްޖޭގެ ގުޅިފައިވާ ބައެކެވެ
މި ރަށްތައް (އާކިޕެލަގޯ) ހިއްސާކުރަނީ އިންޑިއާ ކަނޑުގެ މޫސުމީ ނިޒާމާ ގުޅިފައިވާ އެއްގޮތް ޓްރޮޕިކަލް މެރިން (ހޫނުގަދަ ކަނޑުގެ) މޫސުމެކެވެ. ނަމަވެސް، ޗާގޯސް ރަށްތައް އިކުއޭޓަރާ މާ ބޮޑަށް ދެކުނުގައި އޮތުމުގެ ސަބަބުން، ވައި ބަދަލުވާ ގޮތާއި ވާރޭ ވެހޭ ދުވަސްވަރުގައި ސަރަޙައްދީ ގޮތުން ތަފާތުތަކެއް ހުރެއެވެ..
މައުލޫމާތު: https://tropicalclimate.org/



Comments