top of page

ޒަންޒިބާރުގައި، މޫދުވިނަ (ސީވީޑް) ފަޅު ގޮވާން: މިލްކުވެރިކަމުގެ ލިޔުމެއް ނުވަތަ އެއްބަސްވުމެއް ބޭނުންނުވާ، ޚާއްޞަ އިޖުތިމާޢީ ނިޒާމް.

6 days ago
3 min read
ޒަންޒިބާރު ރަށެއްގެ ފަޅުތެރޭގައި މޫދުވިނައިގެ ދަނޑުވެރިކަން ކުރަމުންދާ ބައެއް. ފޮޓޯ އިއްސާ ޔޫސުފް /ޒަންޒިބާރު ޑެއިލީ ނިއުސް
ޒަންޒިބާރު ރަށެއްގެ ފަޅުތެރޭގައި މޫދުވިނައިގެ ދަނޑުވެރިކަން ކުރަމުންދާ ބައެއް. ފޮޓޯ އިއްސާ ޔޫސުފް /ޒަންޒިބާރު ޑެއިލީ ނިއުސް

ޒަންޒިބާރު، ރަށްތަކުގެ ތިލަ، ފަޅުތަކުގައި ، ހިމޭން އިޤްތިޞާދީ އިންގިލާބެއް ދަނީ ހިނގަމުންނެވެ. ފަލުތަކުގައި މޫދުވިނަ ހެއްދުމަކީ އެ ރަށްތަކުގެ ރަށްވެހީން ދިރިއުޅުމުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އަންނަ ކަމެކެވެ. މި މަސައްކަތް މައިގަނޑުގޮތެއްގައި ހިންގަނީ ފަޅުގެ މިލްކުވެރިކަމުގެ ލިޔުމެއް ނުވަތަ ފަޅުގެ އެއްބަސްވުމެއް ބޭނުންނުވާ، ޚާއްޞަ އިޖުތިމާޢީ ނިޒާމެއްގެ ދަށުންނެވެ. މި ދަނޑުވެރިކަން މުޅިންވެސް ކުރިއަށްދަނީ އާންމުން ދިރިއުޅޭ ރަށްތަކުގެ ފަޅު ތެރޭގައި ކަމަށްވުމުން، އެއީ އެންމެނަށްވެސް ހުޅުވާލެވިފައިވާ، ހަމަހަމަ ފުރުޞަތެކެވެ. މީގެ ސަބަބުން، އާންމުކޮށް އާދައިގެ ރަށުގައި ތިބޭ ނިކަމެތި ގުރޫޕުތަކަށް ސަގާފީ އިޤްތިޞާދުތަކުގެ ތެރެއަށް ވަނުމަށް ހުރަހަކަށްވާ ބިމުގެ މިލްކުވެރިކަމުގެ ބޮޑެތި ހުރަސްތައް ނެތިގެންދެއެވެ.


މިއަދު، މި ސަގާފީ އާދަކާދައަށް ބޮޑު ބަދަލެއް ދަނީ އަންނަމުންނެވެ. އާންމު، އާދައިގެ ފެންވަރުގައި ކުރާ ދަނޑުވެރިކަން ޒަމާނީ ސިނާއީ ޕްރޮސެސިންއާއި، ރަށުގައި އުފައްދާ ތަކެތީގެ އަގު އެއްކުރުމާއި ނުވަތަ ތަފާތު އުފެއްދުންތަކަށް ބަދަލުކުރުން (ބުރޭންޑުކުރުން) (value addition)، އަދި ބައިނަލްއަޤްވާމީ ބާޒާރުގެ ބައިވެރިންނާ ގުޅުވައިދީގެން، ޒަންޒިބާރުން ދަނީ ދަށް އަގުގަ ރޯމާޓީރިއަލް ބޭރުކުރުމުގެ ބަދަލުގައި، އެ ގައުމުގެ އަމިއްލަ ރަށު އަތިރިމަތީގައި މަތީ އަގުގެ އިޤްތިޞާދީ ފައިދާ ހޯދަމުންނެވެ.

ޒަންޒިބާރު ރަށެއްގެ ސީވީޑް ފަޅުގޮވާން ދަނޑުތައް ފެންނަ މަންޒަރެއް
ޒަންޒިބާރު ރަށެއްގެ ސީވީޑް ފަޅުގޮވާން ދަނޑުތައް ފެންނަ މަންޒަރެއް

އަންހެނުން ބާރުވެރިކުރުވުމާއި އާންމު ރައްޔިތުންގެ ހިތްވަރު

މި މަސައްކަތަކީ އެއްވެސް ހުރަހެއްނެތް، އިޖުތިމާޢީ އޮނިގަނޑެއްގެ ދަށުން ކުރެވޭ ކަމަކަށްވާތީ، މޫދުވިނަ (ސީވީޑް) ހެއްދުން ވެފައިވަނީ ރަށު މުޖުތަމަޢުގެ އާމްދަނީގެ މުހިންމު ވަސީލަތަކަށެވެ. ޚާއްޞަކޮށް މި މަސައްކަތްކުރާ މީހުންގެ 80 އިންސައްތައަށްވުރެ ގިނައީ އަންހެނުންނެވެ. ޒަންޒިބާރުގެ އަންހެނުންގެ އެތައް ޖީލަކަށް، އާންމު ފަޅުތަކުގައި ފަޅުގޮވާން ކުރުމަށް ފަރުވާތެރިވުމަކީ މާލީ މިނިވަންކަން ލިބިދިން ކަމެކެވެ. މީގެ ސަބަބުން ދަރީންގެ ސްކޫލް ފީއާއި، ސިއްހީ ފަރުވާއާއި، އަދި ގޭބިސީގެ ބޭނުންތަކަށް ޚަރަދުކުރުމުގެ ގާބިލުކަން އެކަނބަލުންނަށް ލިބެއެވެ. ހޫނު އަވީގައްޔާއި ދިޔަވަރަށް އަންނަ ބަދަލުތަކުގެ ތެރޭގައި މަސައްކަތް ކުރުމަކީ ޖިސްމާނީގޮތުން ބުރަ ކަމެއް ނަމަވެސް، މި އަންހެނުންނަކީ ރަށުގެ އިޖުތިމާޢީ-އިޤްތިޞާދީ އޮނިގަނޑުގެ މައިބަދައެވެ.


ނޫ އިޤްތިޞާދު: ސިނާއީ ކުރިއެރުމާއި އިތުރު އުފެއްދުންތައް

ފަޅުތަކުގަ ބޭނުންނުކޮށް ހުރި ފުރުޞަތުތައް ދެނެގަނެ، ޒަންޒިބާރުން ދަނީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ނޫ އިޤްތިޞާދާއި މަސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ބަރޯސާވަމުންނެވެ. މާޒީގައި، ދަނޑުވެރިން އެމީހުން ހައްދާ މޫދުވިނަ ސީވީޑު ކުޑަ ފައިދާއަކަށް ބައިނަލްއަޤްވާމީ ބާޒާރުން ގަންނަ ފަރާތްތަކަށް ވިއްކާލަނީ ރޯކޮށް އަދި ސާފުނުކޮށެވެ.


މި އަދު، ޒަންޒިބާރުން ދަނީ މޫދުވިނަ ބޭރުކުރުމުގެ ބަދަލުގައި، އެ ތަކެތި ޕްރޮސެސްކޮށް، ރަށުން ލިބޭ މަތީ ފައިދާލިބޭ، އަގު އެއްކުރެވުނު ބުރޭންޑުކުރެވޭ މުދަލަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ފުޅާކުރަމުންނެވެ. އަންހެނުންގެ ކޯޕަރޭޓިވްތައް، ޒަންޒިބާރު" ގެ އެކި ގުރޫޕުތަކާއި އެކި ހިސާބުތަކުން ގަންނަ ލޯކަލް ކުލަސްޓަރ އިސްނެގުންތަކުން ދަނީ މި ކޮޓެޖް-އިންޑަސްޓްރީގެ ބަދަލުވުމުގެ މަރުހަލާގައި މަސައްކަތް ކުރަމުންނެވެ. ވަކިވަކިން އުފައްދާ އަގު އެއްކުރެވުނު އަދި ބުރޭންޑުކުރެވުނު ތަފާތު އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ

Seaweed Production in Zanzibar with Dr. Flower Msuya

• ހަމުގެ ފަރުވާއާއި ރީތިވާ ސާމާނު

• ސައިބޯނި (Soaps): ރަށު ބޮޓޭނިކަލްސް ހިމަނައިގެން އުފައްދާ، އަމިއްލަ އަތުން ތައްޔާރުކުރާ އަދި އޯގަނިކް ސީވީޑް ސައިބޯނި.

• ލޯޝަނާއި ކްރީމް (Lotions & Creams): ސީވީޑް އެކްސްޓްރެކްޓް ބޭނުންކޮށްގެން ހަންގަނޑު ތެތްކޮށްދޭ ބޮޑީ ލޯޝަނާއި ސްކިން ކްރީމް.

• ތެލާއި ސީރަމް (Oils & Serums): "މުވާނީ ޒަންޒިބާރު" އަދި ރަށު އަންހެނުންގެ ލޯކަލް ގުރޫޕުތަކުން އުފައްދާ އިސްތަށިގަނޑުގައި ހާކާ ތެލާއި، މަސާޖު ތެލާއި، އަދި މޫނާއި ހަށިގަނޑުގައި ހާކާ ސީރަމް.

• ސްކްރަބް އަދި ޖެލީ (Scrubs & Jellies): ބޮޑީ ސްކްރަބް އަދި ހަންގަނޑަށް އަރާމުކޮށްދޭ ސްކިން ޖެލީ.

• ޝޭމްޕޫ (Shampoos): މޫދުވިނަ ސީވީޑް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އިސްތަށިގަނޑަށް ފަރުވާދޭ ސާމާނު.

ޒަންޒިބާރުގަ، މޫދުވިނައިން އުފައްދާފައިވާ ތަކެތީގެ ދައްކާލުމެއް .
ޒަންޒިބާރުގަ، މޫދުވިނައިން އުފައްދާފައިވާ ތަކެތީގެ ދައްކާލުމެއް .

• ކާބޯތަކެއްޗާއި ކެއްކުމަށް ބޭނުންކުރާ ސާމާނު

• ސީވީޑު ކުނޑި އަދި ފުށް (Seaweed Powder & Flour): ކެއްކުމުގައި ނުވަތަ ކާނާގެ ބައިތަކުގައި ބޭނުންކުރާ މުހިންމު މާއްދާތައް އެކުލެވޭ ހިއްކި މޫދުވިނަ މުގުރާފައިވާ ކުނޑި.

• ކާބޯތަކެތީގެ ލުއިކާނާ (Food Snacks): ލޯކަލް ކްލަސްޓާ އިސްނެގުންތަކުގެ ތެރެއިން ތައްޔާރުކޮށްފައިވާ ކެވޭ މޫދުވިނައިގެ ލުއިކާނާ.


ސިނާއީ އަދި ސެމީ-ޕްރޮސެސްޑް އެކްސްޓްރެކްޓްސް

• ކަރަގީނަން ޖެލް (Carrageenan Gel): ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރި ބާޒާރުތަކަށް އެކްސްޓްރެކްޓް ކުރެވޭ ސެމީ-ޕްރޮސެސްޑް ގުދުރަތީ ޖެލިންގ އޭޖެންޓްސް.

މީގެ އިތުރުން، ޒަންޒިބާރު ސީވީޑް ކޮމްޕެނީ (ZASCO) ގެ އެތައް މިލިއަން ޑޮލަރެއްގެ ޕްރޮސެސިންގ ފެސިލިޓީއާއި، ސައުތު އުންގޫޖާގައި ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ ޕްލާންޓްތައް ފަދަ ބޮޑެތި ސިނާއީ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވިޔަފާރި ފުޅާވެ ބާޒާރުތަކަށް މި އުފެއްދުންތައް އިތުރުވެ ބޮޑުކުރަމުންދެއެވެ.


ބައިނަލްއަޤްވާމީ ގަންނަ ފަރާތްތަކާއި އަމިއްލަ ސަޕްލައި ޗެއިންތައް


ރަށުގައި ސީވީޑުން އިތުރުތަކެތި އުފެއްދުމާއި ބުރޭންޑުކުރުމާއި ޕްރޮސެސިން ފުޅާވަމުންދާއިރުވެސް، ބައިނަލްއަޤްވާމީ ބާޒާރުން ގަންނަ ފަރާތްތަކާއި އަމިއްލަ އެކްސްޕޯޓަރުން ދަނީ މި ނިޒާމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ސީ-ވީޑް ކޯޕަރޭޝަން (ދުނިޔޭގެ ކާބޯތަކެތީގެ ބޮޑު ކުންފުނި ކާގިލްއާ ގުޅިގެން) ކުންފުނިތަކާއި އެހެނިހެން ގަންނަ އެކްސްޕޯޓަރުން އަވަށްތަކުގައި ސީދާ އުފައްދާ ފަރާތްތަކުން ގަނެވިޔަފާރި ހިންގައެވެ.


ބަރާބަރަށް ސަޕްލައި ހިފެހެއްޓުމަށްޓަކައި، މި އަމިއްލަ ފަރާތްތަކުން ފަޅުގޮވާމުގެ ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ސީދާ ފޯރުކޮށްދެއެވެ. މި އެކުވެރި ގުޅުމުގެ ސަބަބުން ކުދި ދަނޑުވެރިންނަށް ބޭނުންވާ ސާމާނު ވަގުތުން ލިބި، ރަށު ފެންވަރުގެ އިޖުތިމާޢީ މަސައްކަތްތަކާއި ދުނިޔޭގެ ސަޕްލައި ޗެއިންތަކާ ދެމެދު ހުރި ހުރަސްތައް ނެތިކޮށްދެއެވެ.


ނިންމުން: އިޤްތިޞާދީ ހެޔޮބަދަލާ އަހަރީ ބާޒާރު


ޒަންޒިބާރުގެ ފަޅުގޮވާމުގެ ދާއިރާ އޮތީ ވަރަށް އުންމީދީ މަރުހަލާއެއްގައެވެ. މުޖުތަމަޢުގެ އިސްނެގުމާއެކު މަތީ ފައިދާލިބޭ އުފެއްދުންތަކާއި ބައިނަލްއަޤްވާމީ ބާޒާރުތައް ވަނީ ކާމިޔާބުކަމާއެކު ގުޅުވާލެވިފައެވެ.

އަންހެނުން ބާރުވެރިކުރުވުމާއި، ސިނާއީ ކުރިއެރުން ހޯދުމާއި، އަދި ރަށުގައި ހަމުގެ ފަރުވާއާއި، ކާބޯތަކެއްޗާއި، ސިނާއީ މުދާ އުފެއްދުމުގެ ސަބަބުން، އެ ރަށުން ދަނީ ދުނިޔޭގެ ނޫ އިޤްތިޞާދުގެ ތެރޭގައި ދެމެހެއްޓެނިވި މަގެއް ކޮށަމުންނެވެ.


މާލީގޮތުން ބަލާއިރު، މި ދާއިރާއަކީ ކުރިއެރުމުގެ ބޮޑު އިންޖީނެކެވެ. މިއީ އެ ޖަޒީރާތަކަށް ތިންވަނައަށް އެންމެ ގިނައިން ބޭރު ފައިސާ ހޯދައިދޭ ދާއިރާއެވެ. ޒަންޒިބާރުގެ ފަޅުގޮވާމުގެ ސިނާއަތުން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން އާއި 8 މިލިއަން އެމެރިކާ ޑޮލަރު އެކްސްޕޯޓާއި ރަށުތެރޭގެ ޕްރޮސެސިންގ އިން އުފައްދައެވެ.

އަންހެނުންގެ ކޯޕަރޭޓިވްތަކާއި ZASCO ފަދަ ޕްލާންޓްތަކުގެ އެހީގައި ރަށުގައި މޫދުވިނައިގެ އުފެއްދުންތައް އިތުރުވެ މަސައްކަތް ކުރިއަރާއިރު، މި އިޤްތިޞާދީ ނަފާ އިތުރަށް ފުޅާވެ، ޒަންޒިބާރުގެ އާންމު ތިލަ ފަޅުތަކުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ރަށު މުޖުތަމަޢުތައް ކުރިއަރުވައިދޭނެއެވެ.




Comments


bottom of page